ޚަބަރު

ތައިލެންޑު ސަފީރުކަމަށް ނަޝީދު އައްޔަންކުރައްވަނީ


ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ މުޙައްމަދު ނަޝީދުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޗުއްޓީއަށްފަހު މާދަމާ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު ނަޝީދުގެ ނަން ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީ ކޮމެޓީއަށް ފޮނުއްވަށް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ މުހައްމަދު ނަޝީދަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރެކެވެ. 

ހިއުމަން ރައިޓްސް ކޮމިޝަނުން ހުސްވެފައިވާ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވުމަށް ދާއިމީ ކޮމެޓީއަށް ފޮނުއްވުމަށްވެސް ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލްކުރައްވާފައިވެއެވެ. މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލަވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމަށްވެސް ތާވަލުކުރައްވާފައިވެއެވެ.