ކުޅިވަރު

ކުޅުންތެރިންގެ ހިތްވަރާ އަޚުލާގަށް ކޯޗުގެ ތަޢުރީފް


ރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިންގެ ހިތްވަރާއި އެކުޅެންތެރިންގެ އަޙުލާގަށް ޓީމުގެ ކޯޗު ޑެރެން ސްޓުވާޓް ތައުރީފްކޮށްފިއެވެ.

ތައިލޭންޑްގައި ކޭމްޕް ކުރުމަށްފަހު ޤައުމީ ފުޓްބޯޅަ ޓީމް މިއަދު ބޫޓާންއަށް ފުރުމުގެ ކުރިން ފަހު ޕްރެކްޓިސް ތައިލޭންޑްގައި ނިންމާލުމަށްފަހު ޕީ.އެސް.އެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ކޯޗު ޑެރެން ބުނީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދަނީ ވަރަށް ރަނގަޅު އަދި އެއްކޮށް އުޅޭ ޓީމެއް ކަމަށެވެ.



"ކޮންމެ ދުވަހަކު ޕްރެކްޓިސްއަށް އައިސް ކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުން ލިބެމުންދޭ އަދި އެކުޅުންތެރިން ކޮންމެ ދުވަހުކުވެސް 100 ޕަސެންޓް ދައްކަމުން ދޭ. ދުވަކުވެސް ޕްރެކްޓިސްއަކަށް ނުވަތަ މީޓިންގއަކަށް އަދި ކާންޖެހޭ ގަޑިތަކަށްވެސް ގަޑިޖެހިގެން އެއްކުޅުންތެރިއަކުވެސް އައިސްފައެއްނުވޭ. ވަރަށް ރަނގަޅު ހިތްވަރު ކުރާ ކުޅުންތެރިންތަކެއް މިއީ އަދި ހުރިހާ ތައުރީފެއްވެސް ހައްޤުވަނީ އެކުޅުންތެރިންނަށް." ކޯޗު ޑެރެން ސްޓުއާޓް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން އާއި ދެކޮޅަށް މިމަހުގެ ތޭރަ ވަނަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވަމުންދާ ޤައުމީ ފުޓްބޯޅަ ޓީމް މިއަދު ތައިލެންޑްގައި ފަހު ޕްރެކްޓިސް ކުރުމަށްފަހު ބޫޓާންއަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.