ކުޅިވަރު

ބާސެލޯނާ -- ރެއާލް މެޗަށް 1700 ފުލުހުން


ސްޕެނިޝް ލީގުގައި މިއަދު ހަވީރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗުގެ ސަލާމަތީ ކަންތައްތަކަށް 17000 ފުލުހުން ނެރުމަށް ސްޕޭނުގެ ފުލުހުން ނިންމައިފިއެވެ.

މި މެޗަކީ ދުނިޔޭގެ އެންމެ ގިނަ ގައުމުތަކުގައި ވަގުތުން ދުރައްކާ މެޗު ނަމަވެސް ސްޕޭނުގެ ފުލުހުން ނިންމާފައިވަނީ މި މެޗުގެ ސަލާމަތީ ކަންކަން އާދަޔާ ހިލާފަށް އިތުރު ނުކުރުމަށެވެ. ސަބަބަކީ މެޗު ކުޅެނީ ރެއާލްގެ ދަނޑުގައި ކަމަށްވެފައި މެޗު ބަލަން ގިނައިން ވަންނާނީ ވެސް އެ ޓީމުގެ ސަޕޯޓަރުން ކަމަށްވާތީއެވެ.

ދުނިޔޭގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ދުނިޔޭގެ ހަތަރު ގައުމެއް ފިޔަވައި އެހެން ހުރިހާ ގައުމެއްގައި ވަގުތުން ދައްކާނެއެވެ. ރާއްޖެ ގަޑިން ހަވީރު ފަހެއް ޖަހާއިރު ފަށާ މި މެޗު ނުދައްކާ ގައުމުތަކުގެ ތެރޭގައި އުތުރު ކޮރެޔާ ހިމެނެއެވެ.

މި މެޗަށް ދެ ޓީމު ނުކުންނައިރު ރެއާލްގެ ތަރި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނީ ރޮނާލްޑޯ ވެސް ވަނީ މުޅިން ފިޓްވެފައެވެ. އޭނާ ކުޅޭނެކަން ޔަގީން ވެފައިވާއިރު ބާސެލޯނާއިން ވަނީ އުއްމީދީ ފޯވަޑް އުސްމާނޭ ޑެމްބޭލޭ ޓީމުން އުނިކޮށްފައެވެ. އެއީ އޭނާ އަށް މީގެ ހަތަރު މަސް ކުރިން ލިބުނު އަނިޔާ މުޅިން ރަނގަޅު ނުވާތީއެވެ.