ޚަބަރު

ވިލާ ޝިޕިންގ އަތުން 75 މިލިއަން ހޯދަން މިރާއިން ދައުވާކޮށްފި


ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ކުންފުންޏަކުން ދައުލަތަށް ދައްކަންޖެހޭ 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން މީރާއިން އަނެއްކާވެސް ދައުވާކޮށްފިއެވެ. މިރާއިން މިފަހަރު ދައުވާ އުފުލާފައިވަނީ ވިލާ ޝިފިންގ އާއި ދެކޮޅަށެވެ.

ވިލާ ޝިޕިންގ އަތުން 75 ވުރެ ގިނަ ރުފިޔާ ހޯދަން މީރާއިން ދައުވާކޮށްފައިމިވަނީ ގާސިމްގެ ކުންފުނިތަތަކުން ދައުލަތަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ މައްސަލަތަކެއް ސިވިލްކޯޓްގައި ހިގަމުންދާ ދަނޑިވަޅެއްގައެވެ.

ވިލާ ޝިޕިންގ އާއި ދެކޮޅަށް މީރާއިން ތިން ދައުވާއެއް އުފުލާފައިވެއެވެ. މިން ތިން ދައުވާއަކީ ޖީއެސްޓީއާއި އޭގެ ޖޫރިމަނާ ފައިސާގެ ގޮތުގައި ލިބެންޖެހޭ 49.3 މިލިއަން ރުފިޔާ ހޯދުމަށް ކުރާ ދައުވާއަކާއި ޖީއާރުޓީ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 18 މިލިއަން ރުފިޔާ ހޯދުމަށް ކުރި ދައުވާއަކާއި ޖީއެސްޓީގެ ބަޔާން ހުށައަޅާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 7.4 މިލިއަންރުފިޔާ ހޯދުމަށް ކޮށްފައިވާ ދައުވާއެކެވެ.

 މިރާއިން މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ހުސްވި ހަފްތާގެތެރޭގައެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ސަރުކާރުންވަނީ ގާސިމަށް ދޫކޮށްފައިވާ ބައެއް ރަށްތަކާއި ފަޅުތައް އަނބުރާ ސަރުކާރަށް ނަގާފައެވެ.

މީރާއިން ގާސިމްގެ ބައެއް ކުންފުނިތަކާއި ދެކޮޅަށް ދައުވާކޮށްފައިވާއިރު ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ހުށައެޅުމުގެ ކުށްސާބިތުވެ ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް  ތަންފީޒުކުރަން ޖަލަށް ބަދަލުކޮށްފައިވަނިކޮށް ބޭސްފަރުވާއަށް ސިންގަފޫރަށް ދިޔަގޮތަށް އެ ޤައުމުން ފުރައިގެން ގޮސް މިހާރު ގާސިމް ހުންނެވީ ޖަރުމަންވިލާތުގައެވެ.  ބޭސްފަރުވާއަށްފަހު ރާއްޖެ އެނބުރި ނައުމުން ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ކުރުން ބުނެފައިވެއެވެ.