ބ.އަތޮޅު އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 އިން އަނަންތަރާ ކިހަވައް ވިލާސް ބަލިކޮށް، ފިނޮޅު ރިސޯޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އިއްޔެ ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު ވާދަވެރި ފައިނަލް މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެނިކޮށް ކާމިޔާބުކުރީ އަހްމަދު ނިޒާމުއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ފައިނަލް މެޗާއި ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އަހުމަދު ނިޒާމްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން އެންމެ މޮޅު ފޯވާޑްގެ މަޤާމްވެސް ހޯދީ އޭނާއެވެ. އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔަކީ ފިނޮޅުގެ ސާމީ އިބްރާހިމްއެވެ. އެންމެ މޮޅު ޑިފެންޑަރަކީ އަނަންތަރާގެ އަހްމަދު ސިމާނުއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ފިނޮޅުގެ ގޯލް ކީޕަރެވެ. އުއްމީދީ ކުޅުންތެރިޔަކީ އަނަންތަރާގެ ހުސައިން ހަންނާންއެވެ. އެންމެ މޮޅު ކޯޗަކީ ފިނޮޅުގެ މުޚްތާޜު ނަސީރު (ޓޫކިލޯ)އެވެ.
އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ވަނީ އަންނަ އަހަރު ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައެވެ.