ކުޅިވަރު

ގެމްޕާ ޓްރޮފީ ބާސެލޯނާއަށް


ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން ކުޅޭ ޖޯން ގެމްޕާ ޓްރޮފީ ބޮކާ ޖޫނިއާސް ބަލިކޮށް، ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-0 ނެވެ. ލަނޑު ޖެހީ ޓީމާ އަލަށް ގުޅުނު ބްރެޒިލްގެ މަލްކޮމް އާއި ކެޕްޓަން ލަޔޮނަލް މެސީ އަދި ރަފީނިއާއެވެ.
ފިލިޕް ކުޓީނިއޯ އާއި އިވާން ރަކިޓިކް އަދި ބަޔާން މިއުނިކުން ޓީމާ ގުޅުނު ޗިލީގެ އަރްތޫރޯ ވިދާލް ވެސް ހިމަނައިގެން މި މެޗު ބާސެލޯނާ ފެށީ ވަރުގަދަ އަށެވެ.

މި އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ ވަނީ ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އެއީ ސެވިއްޔާ ބަލިކޮށްފައެވެ.