ކުޅިވަރު

ޔުނައިޓެޑުގެ އެންމެ މޮޅު ކީޕަރަށް ޑެހެޔާ ވެދާނެ: ކޯޗު


މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައި ފެނުނު އެންމެ މޮޅު ކީޕަރަކީ ޑޭވިޑް ޑެހެޔާ އަށް ވެދާނެ ކަމަށް ކޯޗު އޮލޭގަނާ ސޯލްޝެއާ ބުނެފި އެވެ.

ޓޮޓެންހަމް އަތުން 1-0 އިން ރޭ މޮޅުވި މެޗަށް ފަހު ސޯލްޝެއާ ބުނީ ޔުނައިޓެޑަށް އޭނާ ކުޅުނު 11 އަހަރުގައި ފެނުނު ކީޕަރުންނަށް ވުރެ ޑެހެޔާ މޮޅު ކަމަށެވެ.

"އަހަރެން ކުޅުނިން ވަރަށް މޮޅު ކީޕަރުންނާއެކު މިކުލަބުގައި. ކުލަބުގެ ތާރިހުން ޖާގަ ހޯދާފައިވާ ކީޕަރުން އެބަތިބި. (މީގެ ތެރޭގައި ޑެންމާކުގެ ކުރީގެ ކީޕަރު ޕީޓަ ޝުމައިކަލް އާއި ނެދަލޭންޑްސް ކުރީގެ ކީޕަރު އެޑްވިން ވެންޑަސާ) ހިމެނޭ. އެކަމަކު އެ ދެމީހުންނާ ޑެހެޔާ ވާދަކުރޭ ތާރީހީ ކީޕަރަކަށްވުމަށް،" ސޮލިޝަޔާ ބުންޏެވެ.

ޝުމައިކަލް އަކީ 1992 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ޔުނައިޓެޑްގެ ކީޕަރެވެ. ވެންޑަސާ އަކީ 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގު ނެގި ޓީމުގެ ކީޕަރެވެ.

ސޯލްޝެއާ ބުނީ ސްޕޭނުގެ ގައުމީ ކީޕަރު ޑެހެޔާގެ ކިބާގައި ވަރަށް މޮޅު ސިފަތަކެއް އެބަހުރި ކަމަށާއި އޭނާ އަދިވެސް މޮޅަށް ކުޅޭނެ ކަމަށެވެ.