ޚަބަރު

މާކުސްދިނުމުގައި ވަކި ފަރާތެއް އިސްކުރާނަމަ ފިޔަވާޅުއަޅާނެ-


ވަކި ފަރާތެއް ވަޒީފާއަށް ހޮވުމަށްޓަކައި އިންޓަރވިއު ޕެނަލިސްޓުން މެރިޓަށް ނުބަލައި ވަކި ކެންޑިޑޭޓަކަށް މާކްސްދޭނަމަ ފިޔަވަޅު އަޅާނެކަމަށް ސިވިލްސަރވިސް ކޮމިޝަނުން ބުނެފިއެވެ.ސިވިލް ސަރވިސް ކޮމިޝަނުން ބުނީ އެ ސަރވިސްގެ އިދާރާތަކަށް މުވައްޒަފުން ހޯދުމަށްޓަކައި ކުރެވޭ ޢިއުލާނަށް ކުރިމަތިލާ ފަރާތްތަކަށް ކުރެވޭ އިންޓަރވިއުތަކުގައި ބައެއް ޕެނަލިސްޓުން ވަކި ކެންޑިޑޭޓަކަށް އިސްކަންދީގެން މެރިޓަށް ބެލުމެއްނެތި އާދަޔާޚިލާފަށް މަތިން މާކްސްދޭކަން ކޮމިޝަނަށް ޝަކުވާ ހުށަހެޅިގެން ބަލަމުންދާ މައްސަލަތަކުން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ކޮމިޝަނުގެ ތަހްޤީގަށް ސާބިތުވެއްޖެނަމަ އެފަދަ ފަރާތްތައް ކޮމިޝަނުން ކަނޑައަޅާ މުއްދަތަށް އިންޓަރވިއު ޕެނަލުން ސަސްޕެންޑްކުރެވޭނެކަމަށެވެ.އެގޮތުން ބައެއް ފަރާތްތަށް މިހާރުވެސް ސަސްޕެންޑް ކުރެވިފައިވާކަމަށާއި އިންޓަރވިއު ޕެނަލިސްޓުން މެރިޓަށް ނުބަލައި ވަކި ކެންޑިޑޭޓަކަށް މާކްސްދޭނަމަ އާ ޕެނަލް ބޯޑެއް އެކުލަވާލުމަށްފަހު އަލުން އިންޓަރވިއު ކުރެވޭނެކަމަށް ސިވިލްސަރވިސް ކޮމިޝަނުން ބުނެއެވެ.