ކުޅިވަރު

ހެރީ ކޭން އަށް އަނިޔާވެ ކުޅުމާ ދުރަށް


ޓޮޓެންހަމުގެ ކެޕްޓަން އަދި ފޯވަޑް ހެރީކޭން އަށް އަނިޔާވެ ފަސް ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
އިނގިރޭސި ޤައުމީ ކެޕްޓަނަށް އަނިޔާވީ ޕްރިމިއާރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ޓޮޓްނަމް 1-0އިން ބަލިވި މެޗުގައެވެ. އެ މެޗު ފުރިހަމަ ކުރި ނަމަވެސް މެޗަށް ފަހު ފަޔަށް ތަދުވާތީވެ ކުރި ޓެސްޓްތަކުން ދައްކާގޮތުން ކޭންގެ ކަކުލަށް ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މި އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް އޭނާ އަށް ގެއްލޭނެއެވެ. އަދި ލީގު ކަޕުގައި ޗެލްސީއާ އެކު ކުޅެން ޖެހޭ މެޗާއި ޕޮރިމިއާރ ލީގުގައި ފެބްރިއަރީ 27ގައި ޗެލްސީއާއި ދެކޮޅަށް ކުޅޭ މެޗާއި މާޗު މަހު 2ގައި އާސެނަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ވެސް އޭނާ އަށް ގެއްލޭނެކަމަށް ބެލެވެއެވެ.
ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނީ ބުނީ މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖަހާފައިވާ އިތުބާރު ފޯވަޑަށް އަނިޔާވީ ގަސްތުގައި ޔުނައިޓެޑްގެ ލިންޑްލޯފް ކުރި ފައުލަކުންކަމަށެވެ. އުމުރުން 25 އަހަރުގެ ކޭން އަށް އަނިޔާވިއިރު ޓީމުގައި ދެން ހުރި އެންމެ އިސް ފޯވަޑް ސޮން ހުއެން މިންވެސް މިވަގުތު ހުރީ ގައުމީ ޓީމާއެކުގައެވެ. އޭނާ އަށް ކުލަބަށް ކުޅެން އާދެވޭނީ އޭޝިއަން ކަޕުގައި ދެކުނު ކޮޔެރާ ކަޓާ ހިސާބުން ނުވަތަ މުބާރާތް ނިމުމުންނެވެ. މިހެންވެ މި ޓްރާންސްފަރ ނިމުމުގެ ކުރިން އެ ކުލަބުން ފޯވާޑެއް ހޯދުން ގާތެވެ.