ސައުތު އޭޝިއަން ގޭމްސް އަންނަ ސެޕްޓެމްބަރު ބާއްވަން ސާކް ގައުމުތަކުން މަޝްވަރާކޮށް އެއްބަސްވެއްޖެއެވެ.
ރަސްމީ ސިފައެއްގައި ސެޕްޓެމްބަރ މަހު ސައުތް އޭޝިއަން ގޭމްސް ބޭއްވުމާއިމެދު ގޮތެއް ގޮތެއް ނިންމާނީ ހުރިހާ ގައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމަކުންނެވެ.
ސާކް ގައުމުތަކުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކުރިން ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މާޗު މަހު ނޭޕާލްގައެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ ގޭމްސް ލަސްކުރަން އިންތިޒާމްކުރާ ފަރާތްތަކަށް އަންގާފައެވެ.
ގޭމްސް ލަސްކުރަން އިންޑިޔާއިން ވެސް ބޭނުންވެއެވެ. ބޭނުމަކީ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ފުރުސަތު ހޯދުމެވެ. އެއީ މެޑަލް ހޯދުމަށް ވާންޖެހޭ ތައްޔާރީތައް މަދުކުރުމަށްޓަކައެވެ.