ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އިގާލްސް ސެމީ ފައިނަލާ ގާތަށް


ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ފަސޭހަކަމާއެކު ކްލަބް އީގަލްސްއިން ކުރި ހޯދައި ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ބީގައި ރޭ އީގަލްސް އާއި ޔުވީ ވާދަކުރި މެޗު އީގަލްސް އިން ކާމިޔާބުކުރީ ފަހެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެ އީގަލްސް ވަނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.

މި މެޗުގައި އީގަލްސްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ރާއިފް އަޙުމަދެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ މުޙައްމަދު އަޒުމޫންއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުއާވިއަތު އިލްހާމް ބުނީ ކައިރި ކައިރީގައި މެޗުތަކެއް ކުލެން ޖެހުމުން އެ ތަފާތު ކުޅުންތެރިން ފަރާތުން ވަރަށް ބޮޑަށް ފެނުނު ކަމަށެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭ ގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫއެވެ. މި މެޗު ކާމިޔާބު ކޮށްގެން ގްރޫޕް އޭ ގެ ދެ ވަނަ ޓީމުގެ ގޮތުގައި ވިކްޓްރީ އަށް ސެމީ ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. މެޗު އެއްވަރުވެ ނުވަތަ ވިކްޓްރީ ބަލިވެއްޖެ ނަމަ ސެމީގެ ޖާގަ ލިބޭނީ ދަ ގްރާންޑޭއަށެވެ. މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ޓީސީވަނީ ސެމީގެ ޖާގައެއް ހޯދާފައެވެ.