ޚަބަރު

ނަސްލީގޮތުން ތަފާތުކުރާކަމަށްބުނެ އިންގްލޭންޑް އެފްއޭއިން ޔޫއެފާއަށް



މޮންޓްރެނީގްރޯގައި ކުޅުނު ޔޫރޯ ކޮލިފައިން މެޗުގައި އިނގިރޭސި ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރި މައްސަލަ ޔޫއޭފާއަށް ހުށަހަޅަން އިނގިރޭސި އެފްއޭއިން ތައްޔާރުވެއްޖެއެވެ.

އެފްއޭއިން ބުނީ މިއީ ބަލައި ނުގަނެވޭނެ ކަމެއް ކަމަށާއި އެންމެ މުހިންމީ ކުޅުންތެރިންނަށް ހިމާޔަތް ހޯދައިދިނުން ކަމަށެވެ. ފަހެއް އެކަކުން އިނގިރޭސިން މޮޅުވި މެޗުގެ ތަރިއަކީ ޗެލްސީގެ ރޮސް ބާކްލޭ.އެވެ އޭނާ ދެ ގޯލު ޖެހިއިރު ބާކީ ތިން ގޯލު ޖެހީ ކެޕްޓަން ހެރީކޭން އާއި ރަހީމް ސްޓާލިން އަދި ކީންއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ޖެހީ މޮންޓެނީގްރޯގެ ވެސޮވިކްއެވެ.

މެޗަށް ފަހު ބާކްލޭ ބުނީ މިއީ އޭނާ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި ގައުމީ ޓީމުގައި އަބަދުވެސް ދެމިހުންނަން ބޭނުންވާ ކަމަށެވެ.
ކޯޗު ގެރެތް ސައުތް ގޭޓް ވެސް ވަނީ އޭނާ އަށް ތައުރީފްކޮށްފައެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިން ހާއްސަކޮށް ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފޯމާ މެދު ވަރަށް ބޮޑަށް ސައުތްގޭޓް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.