މިހާރު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި
އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެނެސް މި ބައި އިލެކްޝަން
ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބުގެ ދެވަނަބުރެއް ބާއްވަންޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓްނެގުން
ޖޫން މަހުގެ ތޭރަވަނަ ދުވަހު ބާއްވާގޮތަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ. ކުރިން
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އެކޮމިޝަނުން ނިންމާފައިވަނޫ ޖޫން މަހުގެ
ތޭރަވަނަދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް
ކުރިމަތިލުމުގެ ފުރުސަތު ބުދަ ދުވަހުން
ފެށިގެން މި މަހުގެ އަށާވީސް ވަނަދުވަހާއި ހަމައަށް ކުރިއަށް ގެންދާނެކަމަށްއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި
ހުސްވީ އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ
ކުށް ސާބިތުވެ ފަންސަވީސް އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްކުރުމުންނެވެ.