އަތޮޅު
ތެރޭގައި އެންމެ ރަނގަޅަށް ޚިދުމަތްދޭ ހޮސްޕިޓަލަކަށް އަދި ޞިއްޙީ މަރުކަޒަކަށް ދޭ
އެވޯރޑް ބ އަތޮޅު ހޮސްޕިޓަލަށް ލިބިއްޖެއެވެ. ސިއްހީ ދާއިރާ
ކުރިއެރުވުމަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރައްވާ ފަރާތްތަކުގެ
މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެގޮތުން 2013ވަނަ އަހަރުން
ފެށިގެން، ހެލްތް
މިނިސްޓްރީން ދަނީ ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި ޙާއްސަ އެވޯރޑެއް
ދެމުންނެވެ. ސިއްޚީ ދާއިރާއަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަން
ކުރުމުގެ ގޮތުންދެވޭ މި އެވޯރޑް ތިން ދާއިރާއަކުންދެއެވެ. މި ތިން ދާއިރާއަކީ،
އަތޮޅުތަކުގައި އެންމެ ރަނގަޅަށް ޚިދުމަތްދޭ ހޮސްޕިޓަލަކަށް އަދި ސިއްޚީ
މަރުކަޒަކަށް ދޭ އެވޯރޑާއި، ފާހަގަކޮށްލެވޭފަދަ ހިދުމަތެއް ސިއްޚީ ދާއިރާއަށް
ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދޭ އެވޯރޑުގެ އިތުރުން، ސިއްހީ
ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ
ހޮސްޕިޓަލަކަށް އަދި ސިއްހީ މަރުކަޒަކަށް ދޭ އެވޯރޑެވެ.
ދުނިޔޭގެ
ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، މިއަހަރު މިތިން ދާއިރާއިން
އެވޯރޑް ހާސިލުކުރެއްވި ފަރާތްތަކަކަށް ބަލާލާއިރު، އަތޮޅުތަކުގައި އެންމެ
ރަނގަޅަށް ޚިދުމަތްދޭ ހޮސްޕިޓަލަކަށް އަދި ސިއްޚީ މަރުކަޒަކަށް ދޭ އެވޯރޑް
ހާސިލުކޮށްފައިވަނީ ބ. އަތޮޅު ހޮސްޕިޓަލުންނެވެ. ބ. އަތޮޅު ހޮސްޕިޓަލުން ވަނީ
މިދިޔަ އަހަރު މި ދާއިރާއިން ހިތްވަރު ދިނުމުގެ އެވޯރޑްވެސް ހާސިލުކޮށްފައެވެ.
ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ
ހޮސްޕިޓަލަކަށް އަދި ސިއްހީ މަރުކަޒަކަށް ދޭ އެވޯރޑް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް
ހޮސްޕިޓަލު ހޯދާފައިވާއިރު، ފާހަގަކޮށްލެވޭފަދަ ހިދުމަތެއް ސިއްޚީ ދާއިރާއަށް
ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދޭ އެވޯރޑް ހާސިލުކޮށްފައިވަނީ ސޮސައިޓީ އޮފް
ހެލްތް އެޑިއުކޭޝަން، ޝީއިންނެވެ. އަންނަ އަހަރުގެ އެވޯރޑަށް އެދި ކުރިމަތިލުމުގެ
ފުރުސަތު ހެލްތް މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައި.