އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ ބެލޯން ޑި އޯ އާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ރޮނާލްޑޯ ދެކޮޅު ހަދައިފިއެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ ބެލޯން ޑި އޯ އާއި ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލުތައް ޖަވާބުދޭން ދެކޮޅު ހަދާފައެވެ.
ފުރަތަމަ ފަހަރަށް އެސުވާލު ކުރުމުން ރޮނާލްޑޯ ބުނީ މެޗަށް ނިކުތީ ޓާގެޓެއް ކަނޑައަޅައިގެން ކަމަށާއި އެއީ މެޗުން މޮޅުވުން ކަމަށެވެ. ޔުއެފާ ނޭޝަންސް ލީގުގެ ރޮނާލްޑޯގެ ޕޯޗުގަލްއިން ކާމިޔާބުކުރުމާއެކު ރޮނާލްޑޯއަށް ބެލޯން ޑިއޯ ކާމިޔާބުކުރެވިދާނެތޯ ދެވަނަ ފަހަރަށް ސުވާލުކުރުމުން ރޮނާލްޑޯ ބުނީ ބެލޯންޑިއޯ އާއި ބެހޭގޮތުން އޭނާ ވާހަކަށް ދައްކަން ބޭނުން ނުވާކަމަށެވެ.
ރޮނާލްޑޯ ވަނީ ފަސް ފަހަރަށް ބެލޯން ޑިއޯ ކާމިޔާބުކޮށްފައެވެ. ޔުއެފާ ނޭޝަންސް ލީގު ޕޯޗުގަލް އާއެކު އުފުލާލުމުގެ އިތުރުން ރޮނާލްޑޯ ވަނީ ނިމިގެންދިޔަ ސީޒަންގައި ޔުވެންޓަސް އާއެކު އިޓަލީ ލީގު ކާމިޔާބުކޮށް ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ.