ކުޅިވަރު

ނިލަންދޫއަށް ކުލަބް ލައިސަންސް ކަންތައްތައް އަދިވެސް ފުރިހަމަނުކުރެވޭ


މި އަހަރުގެ ކުލަބު ފުޓްބޯޅަ ސީޒަނުގައި ކުޅެން ބޭނުންވާ ކުލަބު ލައިސަންސްގެ ކަންތައްތައް ފ. ނިލަންދޫ އަށް އަދިވެސް މުޅިން ހަމަނުޖެހި ސީޒަނުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ނިލަންދޫން ސީޒަނަށް ތައްޔާރުވަމުން އައި ނަމަވެސް އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ރަށުގެ އެހެން ޖަމިއްޔާއެއްގެ ނަން ނިލްނަދޫ އަށް ބަދަލުވުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަނުވުމުގެ މައްސަލަ އެވެ. ކުލަބު ލައިސަންސް ހޯދުމަށް ދެ ފަހަރެއްގެ މަތީން އެފްއޭއެމުން ދީފައިވާ އިތުރު ފުރުސަތުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.

ރާއްޖޭގެ އާ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ މާދަމާ އެވެ.

ނިލަންދޫ އަށް ނުކުޅެވޭނަމަ ދިވެހި ޕްރެމިއާ ލީގުގައި ކުޅޭނީ އަށް ކުލަބަކުންނެވެ. އެއީ ވިކްޓަރީ އާއި މާޒިޔާ އާއި ޗެމްޕިއަން ޓީސީ އަދި ފޯކައިދޫ އާއި އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ދަ ގްރާންޑޭ އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި އެފްއޭއެމާއި ފީފާގެ ސަސްޕެންޝަނެއް އޮތުން ނިއުރޭޑިއަންޓަށް މި ސީޒަނުގައި ނުކުޅެވޭނެ އެވެ. އަދި ކުލަބު ވެލެންސިއާ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.