އާޖެންޓީނާ އަކީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދާން ޖެހޭ ޓީމެއް ކަމަށް ކެޕްޓަން ލައެނަލް މެސީ ބުނެފިއެވެ.
އޭނާ މިހެން ބުނީ ދެ މެޗު ކުޅެގެން އެންމެ ޕޮއިންޓަކާއެކު ގްރޫޕް ބީގެ އެންމެ ފުލަށް ޓީމު ދިއުމުންނެވެ. މިހާރު އޮތް ގޮތުން އާޖެންޓީނާ އަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނީ ގްރޫޕުގެ ފަހު މެޗުގައި ގަތަރު އަތުން މޮޅުވެގެންނެވެ.
މެސީ ބުނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުނުވެވުމުން ވަރަށް ބޮޑަށް މާޔޫސް ވެފައިވާ ކަމަށާއި ސަބަބަކީ ޓީމު މޮޅުނުވުމުން ކުޅުންތެރިންނަށް ލިބޭ ޕްރެޝަރު ބޮޑުވުން ކަމަށެވެ. މެސީ ބުނީ އާޖެންޓީނާ ދެވަނަ ބުރަށް ނުދިއުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށާއި، ސަބަބަކީ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމު ދެ ވަނަ ބުރަށް ދާތީކަމަށެވެ.
އޭނާ ބުނީ އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ބައިކޮޅަށް ފުރަތަމަ ގޯލެއް ވަނީ ރަނގަޅަށް ކުޅެކުޅެ ތިއްބާ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ޓީމަށް އިތުރު ޕްރެޝަރާ ކުރުމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް ކުޅުންތެރިން ތިބީ މިކަންކަން ހައްލުކޮށް ފަހު މެޗުގައި ނަތީޖާ ނެރެން ތައްޔާރަށް ކަމަށެވެ.