އިރުމަތީ އޭޝިޔާ ކަނޑުގެ ޞަރަހައްދުގައި މިހާރު ދަތުރު ކުރަމުންދާ ބާރުގަދަ ޠޫފާން ނޫލް ޖަޕާނަށް އަރައިފިއެވެ.ގަދަ ވަޔާ ބޯ ވިއްސާރައާއެކު ޠޫފާން އަރާފައިވަނީ ޖަޕާންގެ ދެކުނުގެ އަވަށްތަކަށެވެ.ޠޫފާނުގައި ގަސްތަކާއި ކަރަންޓް ތަނބުތައް ވެއްޓި ގޭގޭގެ ފުރާޅު ވަނީ އެއްލާލާފައެވެ.ގަޑިއަކު ފަސްދޮޅަސް ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރު ކުރަމުންދާ ޠޫފާން މިއަދުގެ ޖަޕާނުގެ މައި އަވަށްތަކަށް އަރާނޭ ކަމުގެ އިންޒާރު ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ދީފައިވާތީ ،މިހާރު ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންނެވެ.މިއަދު ޠޫފާން އެރި ދެކުނުގެ އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެއްގަމުގެ ދަތުރު ފަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މޫސުމް ގޯސްވުމުގެ ސަބަބުން ތާވަލް ބައެއް ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.