ޚަބަރު

ޝުހާދުގެ މަރުގެ މައްސަލާގައި ފަރީދް މެރުމަށް ކޯޓުން ހުކުމްކޮށްފި


ދެހާސްދިހަވަނަ ފުވައްމުލަކުގައި ހިންގި
ގުރޫޕް މާރާމާރީއެއްގައި މަރުވި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި އެރަށު
ކަރަންކާއާގޭ ހަސަން ފަރީދް މެރުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.

ކުރިމިނަލްކޯޓުން މިއަދު އިއްވި
ހުކުގައި ބުނެފައިވަނީ ދައުލަތުން ފަރީދްގެ މައްޗަށް އުފުލި ގަސްދުގައި މީހަކު
މަރާލިކަމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރްކޮށް އެ ހާދިސާ ހިނގިރޭ އެތަނަށް
ނުދާކަމަށް ބުނި ނަމަވެސް ހެކިންގެ ހެކިބަހުން އެނާ އެތަނަށް ދިޔަކަށް
ސާބިތުވާކަމަށެވެ. މިގޮތުން ސުހާދްގެ މެޔަށް ފަރީދް ވަޅިޔަކުން ހަމަލާދިންތައް
ފެނުކަމަށް ބުނެ ހެކިބަސްދީފައިވާކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.

ކުރިމިނަލްކޯޓްގެ ހުކުމްގައި
ބުނެފައިވަނީ ޝުހާދު މަރުވެފައިވަނީ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ
ޒަހަމްކޮށްލުމުން އެ ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް ކަން ދައުލަތުން ހުށައެޅި
މެޑިކޯ ރިޕޯޓުން އެގޭކަމަށެވެ. އަދި ދަރިފުޅުގެ މަރުގެ ބަދަލުގައި މަރަށް މަރު
ބޭނުންވާކަމަށް ޝުހާދްގެ މަންމައާއި ބައްޕަ ބުނެފައިވާކަމަށްވެސް ކުރިމިނަލްކޯޓްގެ
ހުކުމްގައި ފާހަގަކޮށްފައިވެއެވެ.









ދެހާސް ދިހަވަނަ އަހަރުގެ
ޖެނުއަރީމަހުގެ ގެ ހާތާވީސް ވަނަދުވަހުގެ ރޭގެ ވަގުތެއްގައި ފުވައްމުލަކު ދޫޑިގަމް
އާސްނާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ގެއެއްގެ
ފާރުބުރިއެއް މަތީގައި އޭނާ އިންދާ އެތަނަށް ގްރޫފް ހަދާފައި އައިބަޔެކެވެ.

ޝުހާދްގެ މަރުގެ މައްސަލާގައި
ދައުލަތުން  ދައުވާކުރި އިތުރު ތިންމީހެއްގެ
މައްޗަށްށްވެސް ކުށްސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ. މި މީހުންގެ މައްޗަށް
އުފުލާފައިވަނީ މީހަކު މަރާލެވިދާނެފަދަ އެއްޗަކާއެކު ޣައިރު ގާނޫނީ އެއްވުމަކުން
ބާރު ދެއްކުމެވެ. މި ތިން
މީހުންގެ މައްޗަށްވެސް ކުށްސާބިތުވާކަމަށް ކަނޑައަޅާ ފަސްއަހަރަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުންވަނީ ހުކުމްކޮށްފައެވެ.