ޚަބަރު

ފޮރިން މިނިސްޓްރީގެ އާ ވެބްސައިޓް މިއަދު ލޯންޗްކޮށްފި


ފޮރިން މިނިސްޓްރީގެ އާ ވެބްސައިޓް މިއަދު ލޯންޗްކުރައްވައިފިއެވެ.މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ވެބްސައިޓް ރަސްމީކޮށް ލޯންޗްކުރެއްވީ ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫންއެވެ.އެމިނިސްޓްރީން އަލަށް ލޯންޗްކުރި އާ ވެބްސައިޓަކީ ވެބްސައިޓް ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ޑިޒައިން ކުރައްވާ ވެބަސައިޓެއްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި އާ ވެބްސައިޓް މެދުވެރިކޮށް މިނިސްޓްރީގެ މަސައްކަތްތަށް ފަސޭހައިން ބަލާލެވޭނެގޮތަށް ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައިވެއެވެ. އަދި ވެބްސައިޓް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ޚާއްސަ މައުލޫމާތެއްވާނަމަ ފަސޭހައިން ހޯދާލެވޭގޮތަށް ސަރޗިންގ ކެޕަބިލިޓީސް ރަނގަޅުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.