ޚަބަރު

ރައީސްގެ އުފަންދުވަހާއި ގުޅުވައިގެން ހާއްސަ ކުޑަކުދިންގެ ހަވީރެއް


މާދަމާއަކީ ރައީސް އަބްދުﷲ ޔާމީންގެ 56ވަނަ އުފަންދުވަސްކަމަށްވާތީ މާލޭގެ ބައެއް ސަރަހައްދުތަކުގައި މާދަމާ ކުޑަކުދިންގެ ހަވީރެއް ފާހަގަކުރުމަށް އެމަނިކުފާނުގެ އެކުވެރިންނާއި އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތަކަކުން ރާވައިފިއެވެ.މިކުޑަކުދިންގެ ހަވީރު ފާހަގަކުރުމަށް ރާވާފައިވާ ތަންތަނަކީ ސޯޝަލް ސެންޓަރު ކުރިމައްޗާއި ގަލޮޅު ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅޭ ހިސާބާއި އާޓިފިޝަލް ބީޗާއި ހުޅުމާލެއާއި ވިލިމާލޭ ކުޑަކުދިންގެ ހިޔާއާއި އަދި ސްރީލަންކާގެ ސޯސަންވިލާގައެވެ.ކުޑަކުދިންގެ ހަވީރު އިންތިޒާމުކުރާ ފަރާތްތަކުން ބުނަނީ މާދަމާ ހަވީރު ހަތަރަކުންފެށިގެން ކުރިއަށް ހަރަކާތްތަކުގެތެރޭގައި ކުޑަކުދިންގެ މުނިފޫހިފިލުވުމުގެ އެކި ކުޅިވަރުތަކާއި ސަދަގާތްކުރުންފަދަ ކަންކަން ހިމެނިގެންދާނެއެވެ.