ކުޅިވަރު

އިންޓަނޭޝަނަލް ކްލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ބައިވެރިވާން ނިންމައިފި


ބަންގްލަދޭޝްގައި ބާއްވާ އިންޓަނޭޝަނަލް ކްލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ބައިވެރިވާން ނިންމައިފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ޓީސީން ވެސް ވަނީ މުބާރާތުގައި ބައިވެރިވިކަން ޔަގީންކޮށްދީފައި. ކޮންމެ ދެ އަހަރުން އެއް އަހަރު ބަންގްލަދޭޝްގައި ބާއްވާ މި މުބާރާތުގެ އެންމެ ފުރަތަމަ އަހަރުން ޗެމްޕިއަންކަން ހޯދީ ބަގްލަދޭޝްގެ ޗިޓަގޮންގްއެވެ. އަދި އެންމެ ފަހުން 2017 ވަނަ އަހަރުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބުން ހޯދީ ފައިނަލުގައި ދެކުނު ކޮރެއާގެ ޕޮޗިއަން ސިޓިޒެން އެފްސީ ބަލިކުރުމަށްފަހުއެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިހާތަނަށް އިންޑިއާގެ ދެ ކްލަބަކުންވެސް ވަނީ ބައިވެރިވާންވަނީ ނިންމާފައެވެ. މިހާތަނަށް މި މުބާރާތުގައި ބައިވެރިވާކަން ޔަގީންކޮށްދީފައިވާ ތިން ކުލަބަކީ ޓީސީގެ އިތުރުން އިންޑިޔާގެ ވަރުގަދަ ދެ ބާރުކަމަށްވާ މޯހަން ބަގާން އަދި ކަލްކަތާގެ މޮހައްމަދެންއެވެ.