އެކާވީސް މީހުންނާއި
އެކު ރޭފަތިހު ފުވައްމުލަކުން މަހަށްނުކުތް އެރަށު މަސްކުރި ކިޔާދޯނި
ބިންދައިގެންގޮސް ފުވައްމުލަކު ފަރަށް ލައްވުމާއެކު ދޯނީގެ 2 ބައި އެއްގަމަށް
އެރުވުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނީ މި
ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި
މަސްދޯނި ބިންދައިގެން ދިޔަކަމުގެ މައުލޫމާތު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް
ލިބިފައިވަނީ ފަތިހު 04:25 ހާއިރު ކަމަށް. އޭރު ދޯނި އޮތީ
ފުވައްމުލަކާ ގާތްގަނޑަކަށް 2 މޭލު ބޭރުގައި ކަމަށެވެ.
މިދޯނި ފުވައްމުލަކު
ފަރަށް ލައްވެފައިވާކަމަށް ބެލެވެނީ ފަތިހު 05:30 ހާއިރު ކަމަށްވެސް ފުލުހުން
ބުނެއެވެ.
106 ފޫޓުގެ މި ދޯނި
ބިންދައިގެން ދިއުމުގެ ސަބަބުންނާ ފުވައްމުލަކު ފަރަށް ލެއްގުމުގެ ސަބަބުން ބޮޑެތި
ގެއްލުންތަކެއް ދޯންޏަށާއި ދޯނީގައި ހުރި ބައެއް ތަކެއްޗަށްވެސް ވަނީ ލިބިފައެވެ.