ޚަބަރު

ޤައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ސެމީފައިނަލަށް ޒެފްރޯލް، ފިރިހެން ފައިނަލަށް ލަޔަންސް


ޤައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ސެމީ ފައިނަލުން ޒެފްރޯލް އަދި ފިރިހެން ޑިިވިޝަންގެ ފައިނަަލުން ލަޔަންސް ޖާގަ ހޯދައިފިއެވެ.

މިހާރު ކުރިޔަށްދާ 7ވަނަ ޤައުމީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ފައިނަލުން ލަޔަންސް ޖާގަ ހޯދީ ސަތޭކަ އިންސައްތަ ރުކޯޑަކާއެކުއެވެ. މުބާރާތުގައި ގްރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ލަޔަންސްއާ ފައިނަލުގައި ވާދަކުރާނެ ޓީމު ކަށަވަރު ވާނީ ފުލިދޫއާއި ރެޑް ވިންގްސް ވާދަކުރާ މެޗަށްފަހުއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ޓީމުތަކުގެ ތެރެއިން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ކުލަބު ޒެފްރޯލެވެ. ޒެފްރޯލްވަނީ މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުވެސް ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި ފުރަތަމަ ކުރިއަށް ދާނީ ދެވަނަ ޑިވިޝަންގެ ކުޅުމެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއެކު ފުރަތަމަ ޑިވިޝަންގައި ފިރިހެން ހަތަރު ޓީމެއް ވާދަކުރާނެއެވެ. މުބާރާތުގެ ފުަރަތަމަ ޑިވިޝަންގައި އަންހެން ތިން ޓީމެއް ވާދަކުރާނެއެވެ. މުބާރާތުގެ ދެވަނަ ޑިވިޝަންގައި ފިރިހެން ހަތަރު ޓީމާ އަންހެން ދިހަ ޓީމު ވާދަކުރާނެއެވެ. މުޅި މުބާރާތުގައި ދެ ޑިވިޝަން އެއްކޮށްވަނީ ވިހި ޓީމުވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ މުބާރާތުގައި މިދިޔަ އަހަރާ އަޅާބަލާއިރު ޓީމުތަކުގެ ބައިވެރިވުންވަނީ އިތުރުވެފައެވެ.