ކްރޮސްރޯޑްސް މޯލްޑިވްސްގެ އާންމު ދަތުރުފަތުރުގެ އަގުތައް ކަނޑައަޅައިފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްއިން ބުނެފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ދިއުމަށް އެމްޓީސީސީގެ ފެރީ ޓާރމިނަލްތަކުން މިހާރު ޓިކެޓް ގަނެވޭނެކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް މާލެއާއި ކްރޮސްރޯޑާއި ދޭތެރޭ ފެރީތައް ދަތުރުކުރާނެކަމަށް ކްރޮސްރޯޑްސް މޯލްޑިވްސްއިން ބުނެއެވެ.
ކްރޮސްރޯޑްސްއިން ދެކޮޅު ޓިކެޓަށް ކަނޑައަޅާފައިވާ އަގުތަކަކީ؛
މީގެ އިތުރުން 4 އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް 80 ރުފިޔާއަށް ދެކޮޅަށް ދަތުރުކުރެވޭނެއެވެ. އަދި 4 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭނެކަމަށް ވެސް ކްރޮސްރޯޑްސްއިން ބުނެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސް ރަސްމީކޮށް ހުޅުވާ ދަތުރުފަތުރުގެ ޚިދުމަތްތައް ޢިއުލާންކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މާލޭ ފެރީ ޓާރމިނަލްތަކުން ޓިކެޓްތައް ދޫކުރަން ފަށާފައިވާއިރު މުޅިއަކު 4 ސަރަޙައްދަކުން ކްރޮސްރޯޑްސްއަށް ދަތުރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އެއީ މާލޭ ފެރީ ޓާރމިނަލްތަކުންނާއި ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި މާފުށިންނެވެ. މި ސަރަޙައްދުތަކުން ކޮންމެ 20 އަދި 25 މިނެޓަކުން ކްރޮސްރޯޑަށް ދަތުރުކުރާނެކަމަށް ކްރޮސްރޯޑްސް މޯލްޑިވްސްއިން ބުނެއެވެ.
މާލެއިން 15 މިނެޓުން ކްރޮސްރޯޑަށް ދަތުރުކުރެވޭއިރު ކްރޮސްރޯޑްސްގައި އާންމުން ޝަޢުޤުވެރިވާ ގިނަ ތަންތަން ތަރައްޤީކޮށްފައިވެއެވެ. މީގެ ތެރޭގައި މަޝްހޫރު ފެޝަން ބްރޭންޑްތަކާއި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓު ހިމެނޭ މަރީނާ ބޭއަކާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ 2 ރިސޯޓު ތަރައްޤީކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފީ ތަރިކަ ދައްކުވައިދޭ ކަލްޗަރަލް ސެންޓަރަކާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ގޮތުން ހަދާފައިވާ މެރިން ބަޔޮލޮޖިކަލް ސެންޓަރެއް ވެސް ކްރޮސްރޯޑްސްގައި ހިމެނެއެވެ.
އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ތައިލެންޑްގެ މަޝްހޫރު ކުންފުނި ސިންގހާ އެސްޓޭޓުން 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.