އަތޮޅުތައް

ތ.ވަންދޫގައި މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


ރާއްޖޭގެ ފަންސާސްވަނަ މިނިވަންދުވަސް
ފާހަގަކުރުމުގެ ގޮތުން ތ. ވަންދޫގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު އެރަށުގައި ވަނީ ކުޑަކުދިންގެ ހަވީރަކާއި މުސްކުޅިންގެ
ހަވީރެއް ބާއްވާފައެވެ. މީގެ އިތުރުން ޒުވާނުންގެ މަދުގައި ޚާއްސަ ފުޓްބޯޅަ މެޗަކާއި
އުމުރުން ތިރީސް ފަސްއަހަރުން މަތީގެ އަންހެނުންގެ މެދުގައި ހާއްސަ ބަށި
މެޗެއްވެސް ވަނީ ކުޅެފައެވެ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ،
މިދުވަހާއި ގުޅިގެން ވަންދޫ ސްކޫލްގައި ހާއްސަ އެސެމްބްލީއަކާއި އަދި ރަށުގެ
ކުދިބޮޑު އެންމެން ބައިވެރިވެގެން ހާއްސަ ހިނގާލުމެއް އިއްޔެ ހަވީރު ކުރިޔަށް ދިޔަކަމަށެވެ.

މީގެއިރުން ތަފާތު ވައްތަރުގެ ކުޅިވަރު މުބާރާތްތަކުގެ އިތުރުން މަސްބޭނުމުގެ
މުބާރާތެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ. މިނިވަން
ފަންސާސް ފާހަގަކުރުމުގެ ގޮތުން ރަށުތެރެ ޒީނަތްތެރިކުރުމާއި ކުލަބޮކި ދިއްލުމާއި އަދި
މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ރަށުގެ ރައްޔިތުންގެ ފަރާތުން
ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވިއެވެ.