ޕެނަލްޓީގައި މަޔޯއްޓޭ އަތުން ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް
ބަލިވެއްޖެއެވެ. ދާދި ދެންމެ ނިމުނު މެޗު މަޔޯއްޓޭ ކާމިޔާބުކުރީ ޕެނަލްޓީގައި
ހަތަރެއް ތިނަކުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ އެކެއް
އެކަކުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މަޔޯއްޓޭއިންނެވެ.
އެޓީމަށް ކުރި ހޯދައިދިނީ ނާޠިމާއެވެ. ނަމަވެސް ލަނޑަށްފަހު މަޔޯއްޓޭ ކުޅުންތެރިން
ހަމަޖެހިލާނެ ފުރުޞަތެއްވެސް ނުދީ ރާއްޖޭގެ ޓީމުން މެޗުގެ ނަތީޖާ
ހަމަހަމަކުރިއެވެ. ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަރީޝާއެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުރަތަމަ ދެ ޕެނަލްޓީ ރާއްޖެއިން
ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެއީ
ޒާހިޔާއާއި ޝާމިލާ ޖެހި ޕެނަލްޓީއެވެ. މަޔޯއްޓޭއިން ހަތަރު ޕެނަލްޓީ
ކާމިޔާބުކުރިއެވެ.
ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމްގެ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު
ވާދަކުރާނީ ކޮމޯރޯސްއާއެވެ. މިމެޗުވެސް ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި ހައެއް
ޖަހާއިރުއެވެ.