 
										
			ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކު ވަޅަކަށްވެއްޓި މަރުވެއްޖެއެވެ. 
ފުލުހުން ވިދާޅުވީ މިއަދު ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްކަމަށެވެ. 
ވަޅަށް ވެއްޓުނު ކުޑަކުއްޖާ އެރަށު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަން އެރަށު ހެލްތް ސެންޓަރާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާދިސާ ފުލުހުންނަށް ހުށައަޅާފައި ވަނީ މިއަދު 11:00 ހާއިރުގައި ވާކަމަށާއި، މިމައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. 
ކުޑަކުދިން ވަޅަށްވެއްޓި ހިނގާ މިފަދަ ހާދިސާތައް ވަނީ މީގެކުރިއާ އަޅާބާލާއިރު ރާއްޖޭގައި ވަރަށް ބޮޑަށް މަދުވެފައެވެ.