އެތުލެޓިކްސް

400 މީޓަރު ދުވުމުން އިނާސްއަށް 5 ވަނަ


400 މީޓަރު ފިރިހެން ދުވުމުގެ
އިވެންޓުން ރާއްޖޭގެ އެތްލީޓް ފަސްވަނައަށް ރޭސް ނިންމައިފިއެވެ. އަށް އެތްލީޓުން
ވާދަކުރި ރޭސް ހުސެއިން އިނާސް ނިންމީ 48:88 ސިކުންތުންނެވެ.



އިއްޔެ އޮތް ހީޓްގައި އިނާސް ރޭސް ނިންމީ 3 ވަނައަށެވެ. އިއްޔެ ހީޓްގައި
ވާދަކޮށް އިނާސް ރޭސް ނިންމީ 49:99 ސިކުންތުންނެވެ.

800 މީޓަރުގައި އިއްޔެ ރާއްޖޭގެ އަހުމަދު ހަސަން ރޭސް ނިންމީ ނުވަ މީހުން ވާދަކުރި އިވެންޓްގެ ފަސްވަނަ އަށެވެ. އާދިލް ރަޝީދު ރޭސް ނިންމީ ހަވަނަ އަށެވެ. އަދި ހުސެއިން ރިޒާ ރޭސް ނިންމީ އަށްވަނަ އަށެވެ. މިއިވެންޓްގައި ތިން އެތްލީޓުން ވާދަކުރީވެސް ރާއްޖެއިން އެކަންޏެވެ.