ޚަބަރު

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ފަށަނީ


ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ފެމިލީ ކޯޓުން ކަައިވެނިކޮށްދޭން ނިންމައިފިއެވެ.

ފުރަބަންދުގެ ޙާލަތުގައި ދައުލަތުގެ އޮފީސްތައްވެސް ކަައިވެނި ކުރެވޭ ދެމީހުންނާއި ހެކިވެރިންނާއި އަދި ވަލީވެރިޔާވެސް ކޯޓަށް ނުގޮސް ވީޑިއޯ ކޮންފަރެންސްްމެދުވެރިކޮށް ކައިވެނިކޮށްދިނުމަަށް އެދޭ ފަރާތްތަކުގެ ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމައި އެކަމުގައި އަމަލު ކުރާނެ އުސޫލު މިހާރު ވަނީ އެކުލަވާލާފައެވެ. އިއްޔެއިން ފެށިގެން މި އުސޫލަށް އަމަލު ކުރަންފަށާފަވީ ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަދި އެއްވެސް ކަައިވެންޏެއް ކޮށްދީފައެއްނުވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބާއްވައި ކައިވެނި އަގުދުކޮށްިދިނުމުގެ އުސޫލުގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ ކުރިން ކޯޓުން ދޭ އިގުރާރެއްގައި ކައިވެނިވެވޭ ދެ ފަރާތުންނާއި ވަލީވެރިޔާގެ އިތުރުން ދެ ހެކިން ސޮއިކޮށް ހުށައަޅަންޖެހޭނެކަމަށެވެ.

މި ގޮތައް ކައިވެނިކުރާއިރު ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ހާޒިރީގައި ސޮއިކުރުމަށްފަހު ވަގުތުން ފޮނުވަންޖެހެއެވެ. އަދި މިގޮތައް ކުރެވޭ ކައިވެނީގެ މަޖލިސްތައްވެސް ކުރިއަށްދާނީ ޢާއްމު އުސޫލުން ކައިވެނީގެ މަޖިލިސްކުރިއަަށްދާހެނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ދައުލަތުގެ އޮފީސްތައްވެސް ބަންދުކޮށްފައިވާއިރު ފެމިލީ ކޯޓުން ކޮށްދެމުންދިޔަ ކައިވެނިތައް ކޯޓު ބަންދުވުމާ ގުޅިގެން އޮތީ މަޑުޖެހިފައެވެ. އެހެން ނަމަވެސް ކޯޓު ބަންދުވުގެ ކުރިން ކައިވެނިކުރުމަށް ހުށައަޅާފައިވާ ފަރާތްތަކަށް ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމަށް މިހާރު އެދުމުން އުސޫލުގެ ދަށުން ކަައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވެއެވެ.