ކަރަންޓީނަށް ދިއުމަށް އެންގުމުން ދެކޮޅު ހެދި ދިވެހި ދެ އަންހެނަކު ކަރަންޓީނަށް ގެންދިއުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ކަރަންޓީނަށް ދިއުމަށް އެންގުމުން އެ އެންގުމަށް ދެކޮޅު ހެދި ދެ މީހުންނަކީ މާލޭގައި ދިރިއުޅޭ ދެ މީހެކެވެ. އެ ދެމީހުން ކަރަންޓީނަށް ގެންދިއުމުގެ އަމުރަކަށް ބަންޑާރަނައިބު އޮފީހުން އެދުމުން އެ އަމުރު އެ ކޯޓުން ނެރެދެއްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ސިވިލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަަަށް އެެ ދެމީހުންގެ އިތުރުން ފުލުހުންނާއި އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މީހުން ކަރަންޓީނަށް ދިއުމަށް އަންގަނީ އާއްމު ސިއްހަތު ރައްކާތެެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަަށުންނެވެ.
މި އެންގުމާއި ބައެއް ފަރާތްތަކުން ޚިލާފުވެގެން މީގެ ކުރިންވެސް ސިވިލް ކޯޓުން ވަނީ އެކި ފަހަރު މަތިން އެ އެންގުން ތަންފީޒުކުރުމުގެ އަމުރު ނެރެފައެވެ. އަދި ކޯވިޑް-19އަށް ޓެސްޓް ހެދުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި މީހުންގެ މައްޗަށް ވެސް މީގެ ކުރިން ސިވިލް ކޯޓުން އަމުރު ނެރެފަަައިވެއެވެ.