ޚަބަރު

ކޯވިޑ-19 : މިއަދު 10 މީހުން ބަލިން ރަނގަޅުވި - އެޗްޕީއޭ


އިތުރު 10 މީހުން ކޯވިޑް19 ބަލިން ރަނގަޅުވެ، ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 1839 އަށް އަރައިފިއެވެ.

10 މީހުން ރަނގަޅުވުމާއެކު މިބައްޔަށް މިހާރު ފަރުވާދޭ މީހުންގެ ޖުމަލް އަދަދަކީ 408 އެވެ.

ރާއްޖޭގައި ކޯވިޑް19 ޖެހުނު މީހުންގެ ތެރޭގައި ބިދޭސީންގެ އަދަދު އިތުރުކަން ތަފާސް ހިސާބުތަކުން ދައްކާއިރު މިމަސް ފެށުނީއްސުރެ ކޯވިޑް-19އިން ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއިން ދަނީ ކޯވިޑް-19 ކޮންޓްރޯލްކޮށް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދުތަކަށް ތަބާވުން ވަރަށް މުހިންމެވެ.