ކުޅިވަރު

ޔޫރަޕުގައި ވާދަކުރާއިރު މޮޅު ކީޕަރެއް ހުރުން މުހިންމު - ނޫނޯ އެސްޕަރީޓޯ ސަންޓޯ


ޔޫރަޕުގައި ވާދަކުރާއިރު އިތުބާރު ހިފޭ މޮޅު ކީޕަރެއް ޓީމުގައި ހުރުމަކީ މުހިންމު ކަމެއްކަމަށް ވުލްވޯސްގެ ކޯޗު ނޫނޯ އެސްޕަރީޓޯ ސަންޓޯ ބުނެފިއެވެ.

48 އަހަރު ފަހުން ޔޫރަޕުގެ މުބާރާތެއްގެ ގަދައަށަކުން ވުލްވޯސް ޖާގަ ހޯދައި ދިނުމަށްފަހު ވާހަދައްކަމުން ނޫނޯ ބުނީ މިމެޗަށް ޓަކައި ވަރަށް ދިގު އިންތިޒާރެއް ޓީމުގެ ކޮށްފައިވާކަމަށެވެ. އަދި ކުރި އިންތިޒާރަކީ ވަރަށް ފޮނިއެއްޗެއްކަށް މިއަދުވެއްޖެކަމަށެވެ. އޭނާ ބުނީ މި ކާމިޔާބަކީ ކުޅެންތެރިން ކުރި ބުރަ މަސައްކަތް ކަމަށާއި ހާއްސަކޮށް ޓީމުގެ ޕޯޗުގަލް ކީޕަރު ރުއީ ޕުޓްރީސިއޯގެ ކުޅުން އޭނާ ފާހަގަކުރިއެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅުކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ޓީމުގައި މިހިސާބުގައި ވާދަކުރާއިރު މޮޅު ކީޕަރެއް ހުރުން އެއީ ކޯޗަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ޕޯޗުގަލްގެ ނޫނޯ ބުންޏެވެ.

ރޭގެ މެޗުގައި ވުލްވްސްގެ ހަމައެކަނި ލަނޑު ޖެހި ކުޅުންތެރިޔާ ރައުލް ޖިމެނޭޒް ބުނީ މިއީ ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި ގަދައަށަކަށް ދިޔުމަކީ ކާމިޔާބު ސީޒަނެއް ކަމުގައި ދައްކައިދޭ ހެއްކެއްކަމަށެވެ. ޖިމިނޭޒް ވަނީ މިސީޒަންގައި ވުލްވޯސް ކުޅުނު 37 މެޗުގައި މިހާތަނަށް 27 ލަނޑު ކާމިޔާބުކޮއްފައެވެ.

ގަދަ އަށަކުން ވުލްވޯސް ޖާގަހޯދީ ދެލެގުގެ އެގްރިގޭޓުން އޮލިމްޕިއާކޯސްގެ މައްޗަށް 2-1 ލަނޑު ކުރި ހޯދައިގެންނެވެ. މއީ 39 އަހަރުފަހުން ޔޫރަޕުގެ މުބާރާތެއްގައި ވުލްވޯސް ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ 1972 ވަނަ އަހަރު ފަހުން ޔޫރަޕުގެ މުބާރާތެއްގައި ގަދައަށެއްގައި އެޓީމު ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ގަދަ އަށެއްގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ މުބާރާތް ފަސްފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާއާ ދެކޮޅަށެވެ.