ކުޅިވަރު

ބަޔާން މިއުނިކުން 6 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން 6 ވަނަ ފަހަރަށް ބަޔާން މިއުނިކުން ހޯދައިފިއެވެ.

ޖަރުމަނުގެ ލިޒްބަންގައި ކުޅުނު ފައިނަލް މެޗު ބަޔާން މިއުނިކުން ކާމިޔާބުކުރީ ފްރާންސްގެ ޗެމްޕިއަންސް ޕީއެސްޖީގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ބަޔާނުން މި ސީޒަނުގެ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން ބަޔާން ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ހުރިހާ މެޗަކުން މޮޅުވެ ތަށި ހޯދި ފުރަތަމަ ޓީމަށެވެ.

ފައިނަލުގައި ބަޔާން އަތުން ބަލިވި ޕީއެސްޖީ މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެކަމަކު ފައިނަލުން ބަލިވުމުން މުބާރާތް ކާމިޔާބުކުރަން އެޓީމަށް މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ.

ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރި މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ނޭމާ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު ނޯޔާ ވަނީ އެބޯޅަ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ. އަދި އޭގެ ފަހުން ބަޔާންގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމުއް ފެނިގެންދިޔަ ފުރަތަމަ ހާފް ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގައި ބަޔާނުން ލީޑު ނެގި ލަނޑު 59 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. މި ލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ ކްލަބުން ޖެހި 500 ވަނަ ލަނޑެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ކޯމާން ފޮނުވާލި އިތުރު ހަމަލާއެއް ގޯލަށް ވަންނަން ދަނިކޮށް ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ހުއްޓުވައިފައެވެ.

މި ކާމިޔާބީއާއެކު ބަޔާންގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާނުން ވަނީ މި ސީޒަނުގެ ތިން ތަށި އުފުލާލާފައެވެ.

ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ 13 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ތަށީގެ ގޮތުން ދެ ވަނައިގައި އޮތީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީގެ އޭސީ މިލާނެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގު ރޭ ބަޔާން މިހާރު ވަނީ ކުރިން ހަ ތައްޓާއެކު އޮތް ލިވަޕޫލާ އަރައި ހަމަކޮށްފައެވެ.