އަންނަ ސީޒަނަށް ޗެލްސީއާ ގުޅުނު ކުޅުންތެރިންތަކުގެ ސަބަބުން ޗެލްސީ ކާމިޔާބު ހޯދަން ބޭނުންވެފައިވާ މިންވަރު ހާމަވެގެންދާކަމަށް އެޓީމުގެ އެންޓޯނިއޯ ރުޑިގާ ބުނެފިއެވެ.
ރުޑީގާ ބުނީ ކުޅުންތެރިންނަށް އެ މެސެޖު ސާފުވާން ޖެހޭނެކަމަށާއި އައު ކުޅުންތެރިންނާއެކު ޗެލްސީގެ އުއްމީދުތައް މަތިވާނެކަމަށެވެ. ޗެލްސީން ވަނީ މިހާތަނަށް އައު ސީޒަނަށް ޓިމޯ ވާނާއާޢީ ހަކީމް ޒިއެޗަޢީ ބެން ޗިލްވެލްއާއި މަލަންގް ސަރގެ ސޮއި ހޯދާފައެވެ. ރުޑިގާ ބުނީ އައު ކުޅުންތެރިނާއެކު ކުލަބަށް ކުރިއެރުން ލިބޭނެކަމަށް ޝައްކު ނުކުރާ ކަމަށާއި އެކުޅުންތެރިންނާއެކު އޭނާއަށް ވެސް ބޮޑު އުފަލެއް ލިބިއްޖެކަމަށެވެ.
ކުލަބުން އެވަރަށް ހޭދަކުރުމުން ދޭހަވަނީ މިހާރު މިއޮތް ލެވަލްއިން އެހެން ލެވަލްއަކަށް ދާން ބޭނުންވާ މިންވަރު ކަމަށާއި ޒުވާން ކުޅުންތެރިންނާއެކު ކުލަބް ތަރައްގީވެ ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ރުޑިގާ ބުންޏެވެ. އޭނާ ބުނީ މި ބަދަލުތަކާއެކު ކުރިޔަށް މިއޮތް ސީޒަނުގައި ޗެލްސީ ވާނީ ޔޫރަޕުގެ ގަދަބާރަކަށް ކަމަށެވެ.
ޖަރުމަނުގެ ޑިފެންޑަރ އިތުރަށް ބުނީ މިއީ ކުޅުންތެރިނަން ގޮންޖެހުން ބޮޑު ސީޒަނެއް ކަމަށާއި ވަކި އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރުމަށް ވުރެ މިވަގުތު ކުޅުންތެރިންނަށް ޕްރެޝަރ ކުޑަވާނީ ނިމުނު ސީޒަނަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތް ކުރުންކަމަށެވެ. ކުރިޔަށް އޮތް ސީޒަނުގައި ލީގު ހޯދުމުގެ ރޭހަކީ ދެ ޓީމުގެ ރޭހަކަށް ނުވާނެކަމަށް ރުޑިގާ ވަނީ ބުނެފައެވެ. ހުސްވި ސީޒަނުގައި ޗެލްސީ ނިންމާލީ ދަށް ޑިފެންސިވް ރިކޯޑަކާއެކު ޗެމްޕިއަން ލިވަޕޫލަށް ވުރެ 33 ޕޮއިންޓް ފަހަތުން ލީގު ތާވަލްގެ ހަތަރު ވަނައިގައެވެ.