އިބްރަހިމޮވިޗުގެ ދެ ލަނޑުން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އޭސީ މިލާން މޮޅުވީ ބޮލޯނާއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.
މިލާންގެ ސަންސީރޯގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 35 ވަނަ މިނިޓުގައި އެޓީމުގެ ހެނާންޑޭޒް ނެގިހުރަހެއް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. މިހާރު އުމުރުން 38 އަހަރު ފޯވާޑް ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ބޮލޯނާގެ މިޗެލް ޑިކްސް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އިބްރަހިމޮވިޗުވަނީ އޭނާ ކެރިއަރު ހޭދަކުރަމުންދާ 23 ސީޒަނުގައި ވެސް ފުރަތަމަ މެޗުގައި ލަނޑު ޖަހާފައެވެ. އެންމެ ފަހުން ސެރިއާގައި މިލާން ކުޅުނު ފަސް މެޗުގެ ތެރެއިން މިއީ އޭނާ ދެ ލަނޑު މިލާންއަށް ޖަހައިދިން ތިން ވަނަ މެޗެއެވެ. މިއީ ސެރިއާގައި ފުރަތަމަ މެޗުގައި އޭނާ މިލާންގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި ހަތަރު ވަނަ ސީޒަނެއެވެ.
ހުސްވި ސީޒަންގައި ޗެމްޕިއަން ޔުވެންޓަސްއަށްވުރެ 17 ޕޮއިންޓު ފަހަތުން ލީގު ނިންމާލި މިލާނުން ލީގުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ރަށުން ބޭރުގައި ކޮރޯޓޯންއާ ދެކޮޅަށެވެ.