ކުޅިވަރު

އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި އާސެނަލްއާއި ލިވަޕޫލްގެ ކުރިމަތިލުމެއް


އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި ވާދަވެރި ދެ ކުލަބުކަމަށްވާ އާސެނަލް އާއި ލިވަޕޫލް ކުރިމަތިލާން ޖެހިއްޖެއެވެ.

މުބާރާތުގައި ތިންވަނަ ބުރުގައި ޒުވާން ޓީމަކާއެކު ނުކުމެ ރޭ ލިވަޕޫލްއިން ވަނީ ލިންކަންގެ މައްޗަށް 7-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.

މުބާރާތް 8 ވަނަ ފަހަރު ކާމިޔާބުކުރަން އަމާޒު ހިފާފައިވާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާރ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ޗެމްޕިއަންޝިޕްގައި ވާދަކުރާ ބޯންމައުތާ ވާދަކޮށް 2-1 މޮޅުވެފައެވެ. މިމެޗުގައި ސިޓީން ވަނީ އެޓީމުގައި އެކަޑަމީގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

އެންމެ ފަހުން ވިދިވިދިގެން ތިންފަހަރު މުބާރަތް ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ސިޓީން މުބާރާތުގެ ހަތަރުވަނަ ބުރުގައި ނުކުންނާނީ ބާންލޭއާ ދެކޮޅަށެވެ.

މުބާރާތުގައި ރަށުން ބޭރުގައި އެސްޓަން ވިލާއިން ބްރިސްޓަލް ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. މުބާރާތުގެ ހަތަރު ވަނަ ބުރުގައި އެސްޓަން ވިލާ ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.

ލީގު ކަޕުގެ ހަތަރު ވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގައެވެ.