އިޓާލިއަން ލީގުގައި އުދިނޭޒީ ބަލިކޮށް މި ސީޒަންގައި ލީގުގެ ފުރަތަމަ މޮޅު ރޯމާއިން ހޯދައިފިއެވެ.
އުދިނޭޒީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރޯމާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަންގައި އިނގިރޭސި ކުލަބު ޗެލްސީން އެޓީމާ ގުޅުނު ފޯވާޑް ޕެޑްރޯއެވެ. މިއީ ރޯމާއަށް ބަދުލެވެ އެޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ. ސީޒަންގެ ފުރަތަމަ މެޗު ވެރޯނާ އަތުން ބަލިވެ މިދިޔަ ހަފްތާގައި ރޯމާ ވަނީ އެންމެފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ ވަދަކޮށް 3-3 އިން އެއްވަރުވެފައެވެ.
ރޭގައި ހޯދީ މޮޅާއެކު ހަތަރު ޕޮއިންޓް ހޯދައިގެން ރޯމާ އޮތީ ތާވަލުގެ 8 ވަނައިގައެވެ.
އިޓާލިއަން ލީގުގައި ރޭ ސަސުލޯ ވަނީ ކްރޮޓޯން ބަލިކޮށް ތާވަލުގެ އެއްވަނައަށް ކުރިޔަށް ޖެހިލާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސަސުލޯއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ސަސުލޯއިން ލީގު ތާވަލުގެ އެއްވަނައިގަ އޮތީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ.
މި ސީޒަންގައި ސެރީއާއަށް އަލަށް ޕްރޮމޯޓްވި ކްރޮޓޯން އަށް އަދި ލީގުގައި އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.