ސްޕެއިންގެ ސެވިއްޔާ އާ ވާދަކޮށް މޮޅެއް ނުހޯދުނީ އެޓީމު ބާސެލޯނާއަށް ވުރެ ފިޒިކަލީ ވަރުގަދަވުމުން ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަށް ބުނެފިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޫމަން ބުނީ އޭނާގެ ޓީމުން ކުޅުނީ ވަރަށް މޮޅު ޓީމަކާ ދެކޮޅަށް ކަމަށާއި ޓީމުގެ ކުޅުންތެރިން ވަރުބަލިވެފައި ތިބި ނަމަވެސް މެޗުގައި މޮޅުކުމެއް ދެއްކިކަމަށެވެ. ކޫމަން ބުނީ މެޗުގެ ނަތީޖާއާ ދޭތެރޭ އޭނާ ހިތްހަމަޖެހޭކަމަށެވެ.
މެޗުގެ ރިދަމް ގެއްލިގެން ދިޔައީ ދެވަނަ ހާފްގައި ކަމަށާއި ކޮންޓްރޯލްކޮށްގެން ދެވަނަ ހާފުގައި ބާސެލޯނާއަށް ކުޅެން އުނދަގޫވިކަމަށް ކޫމަން ބުންޏެވެ. މިއީ އުނދަގޫ މެޗެއް ކަމަށާއި އެޓީމު ފިޒިކަލީ ވަރުގަދަވުމުން އަދި މާ އުނދުގޫވިކަމަށް ކޫމަން ބުންޏެވެ.
ލީގުގެ ފުރަތަމަ ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.