ކުޅިވަރު

މެޗު ބަދަލުވެގެންދިޔައީ ދެވަނަ ހާފްގައި ނުކުޅެވިގެން: ލަމްޕާޑް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނާ ވާދަކޮށް 3-3 އިން އެއްވަރުވީ މެޗުގެ ދެވަނަ ހާފްގައި ނުކުޅެވިގެން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ މެޗުގައި ޗެލްސީއަށް ކުޅެވުނީ ފުރަތަމަ 40 މިނެޓުގައި ކަމަށާއި އެވަގުތުގައި ޓީމުން ވަރަށް މޮޅަށް ކުޅުނުކަމަށެވެ. ރޭގެ މެޗުގެ ފުރަތަމަ 40 މިނެޓުގެ ތެރޭގައި ޗެލްސީން ވަނީ ސައުތެމްޓަންކޮޅަށް ދެ ލަނޑު ޖަހާފައެވެ. ލަމްޕާޑު ބުނީ އިދިކޮޅު ޓީމުން ނަތީޖާ ހަމަހަމަކުރުމާއެކު ޗެލްސީ މާބޮޑަށް ޕްރެޝަރަށް ދިޔައީ ކަމަށާއި ދެވަނަ ހާފްގައި ޗެލްސީއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފަކީ މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅެމެއް ފެނިގެންދިޔަ ވަގުތު ކަމަށެވެ.

ހާފްޓައިމްގައި ވަރަށް ރަނގަޅަށް ގޭމް ޕްލޭނާ އެއްގޮތައް ކުޅުމަށް އިރުޝާދު ދިން ކަމަށާއި އެކަމަކު އެވަރަށް ޗެލްސީގެ ކުޅުންތެރިންނަށް ދެވަނަ ހާފްގައި ކުޅުމެއް ނުދެއްކުނުކަމަށް ލަމްޕާޑް ބުންޏެވެ. ޕޮއިންޓަކުން ފުއްދާލަން ޖެހުނީ އެއް ފެންވަރެއްގައި ނުހިފޭއްޓުމުން ކަމަށް ޗެލްސީގެ ކޯޗުކަމުގައި ދެވަނަ ސީޒަން ގުނަމުންދާ ލަމްޕާޑް ބުންޏެވެ. ރަނގަޅު ނަތީޖާއެއް ބޭނުންކަމުގައި ވަނީނަމަ މިއަށްވުރެ ރަނގަޅަށް މެޗުތަކުގައި ކުޅެންޖެހޭކަމަށް ލަމްޕާޑު ބުންޏެވެ.

މެޗުގައި އަމިއްލައަށް ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ނޫނީ ކުރިޔަށް އޮތްތަނުގައި ރަނގަޅުނުވާނެކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. އަދި މިއީ އަމިއްލައަށް ގެއްލުވާލި ތިން ޕޮއިންޓްކަމަށް ލަމްޕާޑު ވަނީ ބުނެފައެވެ. ލީގުގައި އެންމެފަހުން ޗެލްސީގެ ދަނޑުގައި ކުޅުނު ނުވަ މެޗުގެ ތެރިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ..