ޔޫރަޕާ ލީގުގައި ރިޖެކާ އަތުން މޮޅުވިޔަސް ކުޅުމާމެދު ހިތްހަމަނުޖެހޭކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން ގަޓޫސޯ ބުނީ ގުރޫޕް ފައްސޭހަ މެޗެއް ނެތްކަން ޓީމުގެ ކޮންމެ ކުޅުންތެރިޔަކުވެސް ދަންނަންވާނެ ކަމަށެވެ. މެޗުގެ ފުރަތަމަ 35 މިނިޓުގެ ތެރޭގައި އިދިކޮޅު ޓީމުން ކައުންޓަ އެޓޭކްނުރައްކާ ކުރިކަމަށް ގަޓޫސޯ ބުންޏެވެ. އޭނާ ބުނީ މެޗުގެ ހާފްޓައިމްގައި ކުޅުންތެރިންނަށް އިރުޝާދު ދިނީ ހިތްހަމަނުޖެހި ހުރެގެންކަމަށާއި ޓީމުގެ އެޓިޓިއުޑް ބަދަލުވާންޖެހޭކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ގިނަ ގޯސްތަކެއް ޓީމުން ހެދިކަމަށާއި ދެވަނަހާފްގައި އެކަންކަން ރަނގަޅުކުރިކަން ގަޓޫސޯ ވަނީ ފާހަގަކޮށްފައެވެ.
ގަޓޫސޯ ބުނީ ހުސްވި ސީޒަންގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ކުރީކޮޅު ރަނގަޅަށް ނުކުޅެވުން ކަމަށާއި މެޗުގައި އެންމެހަމަލާއެއްވެސް ފުރަތަމަ ކޮޅުގައި ނަޕޯލީއަށް ނުއުފެއްދުނުކަމަށެވެ. މެޗުގެ ފުރަތަމަ 35 މިނުޓުގައި ޓީމުއޮތީ ނެގިމަޑުވެފަކަމަށް އިޓަލީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބުންޏެވެ.
ގަޓޫސޯ ބުނީ މެޗުގެ ދެވަނަހާފްގައި ފެނިގެންދިޔައީ 90 މިނިޓުގައި ޓީމުގެ ފަރާތުން ފެންނަން ޖެހޭކުޅުން ކަމަށެވެ. 90 މިނިޓުގައި އެއްވަރަކަށް ސަމާލުކަން ކުޅުންތެރިން ނުދެވި ކުޅުންތެރިންނަށް އެވަރަށް މަސައްކަތް ނުކުރެވުމަކީ އޭނާގެ މައްސަލައެއް ކަމަށް ގަޓޫސޯ ބުންޏެވެ.
މެޗުން ހޯދި ތިންޕޮއިންޓާއެކު ނަޕޯލީ ވަނީ ކުޅުނު ތިން މެޗުން ހަޕޮއިންޓްހޯދާފައެވެ.