ހެންވޭރު ގެއެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް ހާނީއްކަވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނުމަގު ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިމެނޭ ސަރަހައްދުގައި ހުރި ގެއެއްގައިކަމަށެވެ. މިޙާދިސާގައި ހާނީއްކަވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މިޙާދިސާގައި ހާނީއްކަވީ އުނދުން ރޯކުރަން އުޅުނު އަންހެނަކަށްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.