މި ސީޒަނަކީ އެތުލެޓިކޯ މެޑްރިޑު އެންމެ މޮޅުކުޅެމެއް ދެއްކި އެއް ސީޒަން ކަމަށް އެޓީމުގެ ކޯޗު ޑިއޯގޭ ސިމިއޯނީ ބުނެފިއެވެ.
ހަތް އަހަރަށްފަހު ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމަށްފަހު ސިމިއޯނީ ބުނީ ވަރަށް ގިނަ މީހުންނަށްޓަކައި އޭނާ ހުރީ އުފަލުން ކަމަށާއި އެއީ މިހައަހަރަކީ ކޯވިޑް-19ގެ ސަބަބުން ވަރަށް ގިނަބަޔަކު ގެއްލިގެންދިޔަ އަހަރެއް ކަމަށެވެ. މިއީ ވަރަށް އުނދަގޫ ސީޒަނެއްގައި ހޯދުނު ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށް ސިމިއޯނީ ވަނީ ލީގުގެ ފަހު މެޗަށްފަހު ބުނެފައެވެ. ކުލަބު ތާރީޚަށް ބަލާއިރު މި ސީޒަން ވެގެންދާނީ އެތުލެޓިކޯއިން އެންމެ މޮޅުކުޅެމެއް ދެއްކި އެއްސީޒަނަށް ކަމަށް ސިމިއޯނީ ބުންޏެވެ. އޭނާ ބުނީ ކާމިޔާބީއާއެކު ތަފާތު އިހުސާސެއް އޭނާއަށް ކުރެވޭ ކަމަށާއި މި ކާމިޔާބީ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މި އުނދަގޫ ހާލަތު ތަހައްމަލް ކުރަމުންދާ އެތައް ފަރާތަކަށް ތަސައްލީއެއް ލިބެގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
ސިމިއޯނީ ބުނީ ކުލަބުން ފާއިތުވި އަހަރުތަކުގައި ކުރިއެރުން ތަކެއް ހޯދައިފި ކަމަށާއި މިފަދަ ކާމިޔާބީތައް ކުލަބުން ތަކުރާކުރަން ބޭނުންވާކަމަށެވެ. ސިމިއޯނީއާއެކު އެންމެ ފަހުން ލަލީގާގެ ތަށި އެތުލެޓިކޯ އިން ކާމިޔާބު ކުރީ މީގެ ހަތްއަރުކުރިންނެވެ. އޭރުގެ ސިމިއޯނީއާއެކު މިތަށި އުފުލާލި ޓީމުގައި މިހާރު ތިބީ ދެ ކުޅުންތެރިންނެވެ. މިއީ ލަލީގާގެ ތަށި އެތުލެޓީކޯއިން ހޯދި 11 ވަނަފަހަރެވެ.