ޚަބަރު

ހއ އިން އދ އަށް މޫސުން ގޯސް، އުދައެރުން އެކަށީގެންވޭ


މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ އިން އދ އަށް ވިއްސާރަވެ ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. އެއިދާރާއިން ވަނީ މެންދުރު 11:00އިން ހަވީރު 15:00އާ ދެމެދު މިއަތޮޅުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ އިން އދ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާ، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށާއި، ކަނޑު ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މީގެ ދެހަފްތާކުރިން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވުމާ ގުޅިިގެން ބައެއް ރަށްތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ އިން އދ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާ، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށާއި، ކަނޑު ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ފުވައްމުލައް ސިޓީން އައްޑޫ ސިޓީއާ ދެމެދަށްވެސް މިއަދު މެނދުރު 13:00އިން އިރުއޮއްސި 18:00އަށް ވައިޓް އެލަރޓް ނެރެފައެވެ. އަދި މިސަރައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މީގެ ދެހަފްތާކުރިން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވުމާ ގުޅިިގެން ބައެއް ރަށްތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.