"ސިޓީ ބައިކް" ނަމުގައި ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެހެން 300 ބައިސްކަލު ތައާރަފް ކުރެވިގެންދާނެއެވެ. މި ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދުއްވުމަށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހާއްސަކުރެވޭ އެކި ސަރަހައްދުތަކުގައި ޑޮކިންގ ސްޓޭޝަން ގާއިމްކޮށް ބައިސްކަލު ޕާކު ކުރުމަށް އެކަށޭނަ ޖާގަ ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބައިސްކަލު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިންގ ޙިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމް އެކުލެވޭ ސިސްޓަމެކެވެ.
On this #WorldBicycleDay, we are delighted to share that we have signed an MoU today with @hdcmaldives to operate a bike rental project in Hulhumale'! ?
— Bank of Maldives (@bankofmaldives) June 3, 2021
With the project, 300 rental bikes will be made available for the public to rent and ride across the island. pic.twitter.com/xmzhtlvB4t
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭ ވަސީލަތެއްކަމަށެވެ. އަދި މި ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު އާންމު ކުރެވިގެން މިދަނީ މި އަހަރުގެ 'ވޯލްޑް ބައިސިކަލް ޑޭ' އާ ގުޅިގެންކަންވެސް ޓިމް ފާހަގަކުރެއްވިއެވެ.
އަދި ހަމައެއާއިއެކު މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިން ބޭންކިންގ ޙިދުމަތާއެކު ބޭންކް އޮފް މޯލްޑިވެސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.