ޚަބަރު

މާބަނޑު ދިވެއްސެއްގެ އޯވަރީން 2 ކިލޯގެ ސިސްޓެއް


ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވިހަން ގެންދިޔަ އަންހެނެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މި އަންހެން މީހާއަކީ ރ އަތޮޅުން އެ ހޮސްޕިޓަލަށް ވިހެއުމަށް ގެނައި މީހެއްކަމަށެވެ.

ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލް ވިދާޅުވީ މިމިހާ ސްކޭން ކުރުމުން ވާތު ފަރާތު އޯވަރީގައި ބޮޑު ސިސްޓެއްް އިންކަން ފާހަގަކުރެވިގެން ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާކަމަށެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަން ކޮށްފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެނުންގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު ލުތުފީ ބާޝާއެވެ.

މި އަންހެން މީހާގެ އޯވަރީން ނެގި ސިސްޓްގެ ދިގުމިނުގައި 24 ސެންޓި މީޓަރު އަދި ފުޅާމިނުގައި 20 ސެންޓި މީޓަރު ހުރިކަމަށެވެ. އަދި ބަރުދަނުގައި 2.4 ކިލޯ ހުރިކަމަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އޯވަރީ ނެގި އޮޕަރޭޝަނަށް ފަހު މި އަންހެން މީހާގެ ގަޔަށް 3 ޕައިންޓް ލޭ އަޅަންޖެހުނުކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ފަރުވާއަށް ފަހު މަންމައާއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި ދެ މައިންގެ ހާލު ރަނގަޅުކަމަށްވެސް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. މީ މާލެ ނޫން ރަށެއްގައި މި ފަދަ ބޮޑު އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރުކަމަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.