3 ބިލެއް ރައީސުލްޖުމްހޫރިއްޔާ
މިއަދު ތަސްދީޤް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު
ތަސްދީޤްކުރެއްވި ބިލުތަކުގެ ތެރެއިން އެއް ބިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް
އިސްލާހު ގެނައުމުގެ ބިލެެވެ. މިބިލްގައި ވަނީ، އާބާދީގައި ތިން ހާސް މީހުން ހަމަނުވާ ރަށްރަށަށް އިންތިޚާބު ކުރެވޭނީ ތިން
ކައުސިލަރުންކަމަށާއި، އެއަށްވުރެ ބޮޑު އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބު ކުރެވޭނީ
ފަސް ކައުންސިލަރުންކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ނިލަންދޫ ދާއިރާގެ
މެމްބަރު ޢަބްދުﷲ ޚަލީލް ހުށައަޅުއްވާފައިވާ އެ އިޞްލާޙުގައި ވަނީ، ދެ އިންތިހާބީ
ދާއިރާ އަށް ވުރެ ގިނަ އިންތޚާާބީ ދާއިރާތައް ހިމެނޭ އަތޮޅު ކައުންސިލްތަކަށް
ހޮވާނީ ކޮންމެ ދާއިރާއަކުން އެކަކުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރެއްވި
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު
ގެނައުމުގެ ބިލަކީ ވިއްކާ އިމާރާތާއި ފްލެޓުން
15 އިންސައްތަ ޓެކްސްް ސަރުކާރަށް ނަގާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދިޤްކުރެއްވި
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ މަސްތުވާތަކެތި
ބޭނުންކުރާ މީހުންނަށް ސަރުކާރުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޝަރުތުތަކާއި
އެއްގޮތްވާގޮތުގެ މަތިން ފަރުވާ ހޯދައިދޭ ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރާ ގޮތަށް ޤާނޫނަށް
ގެނެވުނު އިސްލާހެކެވެ.
މި ބިލުތައް ރައީސް ތަސްދީޤް ކުރެއްވުމާާއި
ގުޅިގެން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.