ކުޅިވަރު

ކޮލިފައިންގައި އާޖެންޓީނާއަށް މުހިންމު މޮޅެއް


ވޯލްޑްކަޕް ކޮލިފައިން ދެކުނުއެމެރީކާގެ ޒޯނުގައި އާޖެންޓީނާ އިން 3-0 އިން އުރުގުއޭ ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފިއެވެ. އާޖެންޓީނާ އިން ރޭ އަމިއްލަ ދަނޑުގައި އުރުގުއޭއާ ދެކޮޅަށް ވަނީ މެޗު ޑޮމިނޭޓްކޮށްފައެވެ.

އެ މެޗުގެ 38 ވަނަ މިނިޓްގައި ޖިއޮވާނީ ލޮސެލްސޯ ދިން ބޯޅަ އަކުން އާޖެންޓީނާ އަށް ގޯލު ހުޅުވައިދިނީ ލައޮނަލް މެސީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮޑްރީގޯ ޑެ ޕޯލް އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖެހިއެވެ. އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ތިން ވަނަ ގޯލު ޖެހީ ލޮސެލްސޯ ދިން ބޯޅައަކުން ލައުޓާރޯ މާޓީނޭޒްއެވެ.

މިނަތީޖާއާއެކު ކޮލިފައިންގައި ބްރެޒިލް އެއްވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އާޖެންޓީނާ އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ވެނެޒުއޭލާ އަތުން ރޭ ބަލިވި ކަމުގައި ވިޔަސް ތިން ވަނައިގައި އޮތީ އިކުއެޑޯއެވެ. އިކުއެޑޯ އަށް ވަނީ 11 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އުރުގުއޭ ހަތަރެއްގައި އޮތީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.