ކުޅިވަރު

ތަޖަކިސްތާނުން ނޭޕާލުއަތުން ބޮޑު މޮޅެއް


އަންނަ އަހަރު އުޒްބެކިސްތާންގައި އޮންނަ އޭޝިޔާގެ 23 އަހަރުދަށުގެ ފުޓްބޯޅަ މުބާރާތައް ކޮލިފައިވުމަށް ނޭޕާލުން ކުޅުނު ދެވަނަ މެޗުގައި ތަޖަކިސްތާން އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ތަޖަކިސްތާންގެ ދުށާންބޭގައި ކުޅުނު މެޗުން ނޭޕާލު ބަލިވީ ތަޖަކިސްތާންއަތުން 6-0 ލަނޑުންނެވެ.

ފުރަތަމަ މެޗުން ފަހު މިނިޓުގައި ލުބުނާން އަތުން އުނދަގޫ މޮޅަށްފަހު ދެވަނަ މެޗުގައި ނޭޕާލަށް ކޮޅަށް ފުރަތަމަހާފްގައި ތަޖަކިސްތާނުން ވަނީ 3 ލަނޑުޖަހައި ލީޑް ނަގާފައެވެ. މުޅިމެޗުގައި ތަޖަކިސްތާނުން ޑޮމިނޭޓްކޮށްގެން ކުޅުނު ފުރަތަމަ މެޗާ އަޅާބަލާއިރު ނޭޕާލަށް ވަނީ މިމެޗުގައި ރަނގަޅު ކުޅެމެއް ދެއްކޭގޮތް ނުވެފައެވެ. މިމެޗުގައި ތަޖަކިސްތާން ޖެހި 6 ލަނޑުވެސް ޖަހާފައިވަނީ ތަފާތު 6 ކުޅުންތެރިންނެވެ.

މެޗުގެ ފަހު ލަނޑު ތަޖަކިސްތާނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 19އަހަރުގެ އެމޮމަލީ އަމްދަކޯންއެވެ. ކުޅުނު ދެމެޗުން ހޯދި 6 ޕޮއިންޓާއެކު ލަނޑުގެ ތާފާތުން ގުރޫޕްގެ ކުރީގައި އޮތީ މިގުރޫޕުގެ މެޗުތައް ކުޅެމުންދާ ގައުމުކަމަށްވާ ތަޖަކިސްތާނެވެ. ސެންޓްރަލް އޭޝިޔާގެ އާދައިގެ ޓީމެއްގެ ގޮތުގައި ތަޖަކިސްތާނުން އެއްވަނައަގައި އޮތް އިރާނުން ވެސް ވަނީ ދެމެޗުން ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިފައެވެ.

ފަހު މެޗުގައި އިރާނާ ވާދަކޮށް ބަލިނުވެ ފަރުޖައްސައިގެން މިހާރު ތަޖަކިސްތާން މުބާރާތައް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ.