ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިޔާ ޑޯޓްމުންޑް އެއްވަރުވެ ލީގުގެ ކުރީގައި އުޅޭ ބަޔާންއަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.
ރަށުން ބޭރުގައި ކުޅެ ޑޯޓްމަންޑް އެއްވަރުވީ ވީއެފްއެލް ބޮޗަމްއާ ވާދަކޮށް 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފްގައި ލިބުނު ޕެނެލްޓީއަކުން ސެބަސްޓިއަން ޕޮލްޓާ ބޮޗަމްއިން ލީޑު ނެގިއިރު ޑޯޓްމުންޑުން ނަތީޖާ ހަމަހަމަކުރީ އާލިން ބްރައިތު ހާލަންޑް ދިން ބޯޅައަކުން ޖޫލިއަން ބްރާންތެވެ. މެޗުގެ ދެވަނަ ހާފުގައި މާރިއޮސް ވޮލްފް ލަނޑެއް ޖެހި ނަމަވެސް ޑޯޓްމުންޑުން ޖެހި ލަނޑު ރެފްރީވަނީ ބަލައިނުގަނެފައެވެ. އަދި ޖޫޑް ބެލިންހަމް މި ހާފުގައި ޖެހި ލަނޑު ވެސް ވަނީ އޮފްސައިޑުކަމަށް ނިންމާފައެވެ.
ރޭ ލީގުގައި ރަށުން ބޭރުގައި ކުޅެ ހޮފެންހަމް ވަނީ 2-1 ލަނޑުން ފްރެއިބާގްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ލީޕްޒިގް ވަނީ އަމިއްލަ ދަނޑުގައި ކުޅެ 4-1 ލަނޑުން ބުރޫޝިޔާ މޮންގްލެބެކް މައްޗަށް ކުރި ހޯދާފައެވެ. މި ނަތީޖާ އެކު ޑޯޓްމަންޑް ދެވަނައިގަ އޮތީ ބަޔާންއަށް ވުރެ ހަޕޮއިންޓު ފަހަތުން 31 ޕޮއިންޓާއެކުއެވެ.
ބަޔާ ލެވަކޫސަން ތިންވަނައިގަ އޮތީ 27 ޕޮއިންޓާއެކުއެވެ. ހޮފެންހަމް ހަތަރުވަނައިގައި އޮތީ 26 ޕޮއިންޓާއެކުއެވެ.